އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ސްޓޯރ ކީޕަރ, ވަގުތީ (ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން)

18 ޖެނުއަރީ 2022     2 years ago


ވަޒީފާގެ ފުރުސަތު

މަޤާމް

ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ނަންބަރު:

MS149

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2022)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ / ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

4465.00 ރުފިޔާ

އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ހުއްދަ ހޯދުމާއި ބަޖެޓުގައި ހިމެނިފައިވާ މައުލޫމާތު ޗެކްކޮށް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޖީ.އާރް.އެފް ހެދުން
  2. ރިކުއެސްޓް ކުރާ ތަކެތީގެ ފޮލޯއަޕް ހެދުން.
  3. ތަކެތީގެ ފިޒިކަލް ކްއަންޓިޓިސް އާއި ފޮތުގައި ލިޔެފައިވާ ކުއަންޓިޓީސް ބަލައި ޗެކްކުރުން
  4. ހޯދޭ ތަކެތީގެ ތެރެއިން ކޮލިޓީ ދަށް، އަދި ކުރުމުއްދަތަކުން ހަލާކުވާ ސާމާނުތައް ދެނެގަނެ ބެލެހެއްޓުން
  5. ކޮންމެ އަހަރެއްގައިވެސް އިދާރާއިން ކަނޑައަޅާފައިވާ އުސޫލުން މަސައްކަތަށް ބޭނުންވާ ތަކެތީގެ ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުން.
  6. ސްޓޮކް މެނޭޖްކޮށް ބެލެހެއްޓުމާއި ތަކެތި ބޭނުންވާ މަސައްކަތްތަކަށް ދޫކުރުމާއި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފައިލުކޮށް ބެލެހެއްޓުން.
  7. ހޯދޭ ތަކެތީގެ ޑެލިވަރީ ހަމަޖެއްސުމާއި އިންވޮއިސްތަކާއި ހޯދޭ ތަކެތި ދިމާވޭތޯ ޗެކްކުރުމާއި ރެޖިސްޓަރ ފޮތް ބެލެހެއްޓުން
  8. ވެހިކަލްތަކުގެ ސްޕެއަރ ހޯދުމަށް ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމާއި ފްލޯއަޕް ހެދުމާއި ރެކޯޑުތައް ބެލެއްހެއްޓުން
  9. މުދަލާއި ވެހިކަލްތަކުގެ ސްޕެއަރ ޕާކްޓްސް އަދި އެހެނިހެން ތަކެތި ހޯދުމަށް ރިކުއެސްޓް ފޮނުވުމާއި ރެކޯޑްސް ބެލެހެއްޓުން
  10. ހަރުމުދަލުގެ އިންވެންޓަރީ ބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްކުރުން
  11. ކޮންމެ މަހަކު އިންވެންޓްރީ ސްޓޮކް ގެ ރިޕޯޓް ތައްޔާރުކުރުން
  12. ވެހިކަލް ތައް ރެޕެއަރ ކުރުމާއި ގުޅޭ ގޮތުން ހޯދަންޖެހޭ ތަކެތީގެ މައުލޫމާތު އެއްކޮށް ރިކުއެސްޓް ކުރަންޖެހޭ ފަރާތްތަކަށް ރިކުއެސްޓް ކުރުން
  13. ވެހިކަލްތަކަށާއި ހޯދޭ މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުންތަކާއި އިންސިޑެންޓްތަކުގެ ރިޕޯޓް ތައްޔާރުކޮށް ލިޔެ ކިޔުން ބެލެހެއްޓުން
  14. އިކުވިޕްމަންޓް އާއި ޓޫލްސް އަދި ވެހިކަލްތަކަށް ދިމާވާ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން
  15. ފިއުލްގެ ސްޓޮކް ދުވަހުން ދުވަހަށް ބެލެއްޓުމާއި ފިއުލް ދޫކުރާގޮތުގެ ލޮގް މެއިންޓެއިންކުރުމާޢި ރިޕޯޓް ތައްޔާރުކުރުން
  16. ވެހިކަލްގެ ސަރވިސް ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން
  17. ތަކެތި ލިބުނުކަމުގެ ރަސީދުތައް ބެލެހެއްޓުމާއި އިންވޮއިސްތަކާއި އެހެނިހެން ލިޔެކިޔުންތައް ބަލައްހައްޓައި ފައިސާ ދޫކުރާ ހިސާބުން ހޯދި ތަކެއްޗާއި ގުޅޭގޮތުން ދިމާވާ މައްސަލަތަކަށް ޖަވާބު ދެވޭނެގޮތަށް ލިޔެ ކިޔުން ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

ދިވަހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވަހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު 15%
  2. ތަޖުރިބާ
  3. އިންޓަވިއު %50
  4. ޕްރެކްޓިކަލް - %25

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 35% (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖަނަވަރީ 26 އާއި 2022 ފެބުރުވަރީ 10 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

14 ޖުމާދަލްއާޚިރާ 1443

17  ޖަނަވަރީ  2022



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2022/31

ޕަބްލިޝް ކުރި ތާރީޚް: 18-01-2022