އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދިނުމުގެ ފުރުޞަތު އަލުން ހުޅުވާލުން

15 އޯގަސްޓް 2017     6 years ago


ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދިނުމުގެ ފުރުޞަތު އަލުން ހުޅުވާލުން

މި އިދާރާގެ ނަންބަރު (IUL)426-CB/426/2017/99) އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވާ މޮޑިއުލްތަކަށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް

hours

Module Name

NO

30

English language proficiency

2

30

Office Dhivehi

3

ޝަރުތު:

  • ކިޔަވައިދެއްވާ މޮޑިއުލް އަކާގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް

  • ތަޢުލީމް
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތު ތަޖުރިބާ

އުޖޫރަ

  1. ނަންގަވައިދެއްވާ ކޮންމެ ގަޑިއަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
  2. ޕޭޕަރު ތައްޔާރުކުރުމަށާއި މާރކުކުރާ ކޮންމެ ޕޭޕަރަކަށް -/25ރ (ފަންސަވީސް ރުފިޔާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކިޔަވައި ދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ހުށަހަޅާ ސިޓީ
  2. ވަނަވަރު
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓްސްޓްކޮށްފައިވާ ސާފު ކޮޕީ
  4. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

ސެޓްފިކެޓް 3 އިން އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިން ދުވަހު، އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ހަމަޖައްސާ ތަނެއްގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 21 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މެއިލްކުރައްވާނަމަ، މިއިދާރާގެ އެޗް.އާރު ސެކްޝަންގެ މެއިލް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

22 ޛުލްޤައިދާ 1438 



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2017/128

ޕަބްލިޝް ކުރި ތާރީޚް: 15-08-2017