އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

27 ޖެނުއަރީ 2022     2 years ago


އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު – ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން   

       ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިރީގައި މިދަންނަވާ ދާއިރާތަކުން މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2022 ފެބްރުއަރީ 19 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ ހަމަޖައްސަވާފައެވެ.

ހ. ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ ދާއިރާ 

ށ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުގެ    ދާއިރާ 

ނ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ ދާއިރާ 

ރ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިހާބުކުރާ ދާއިރާ

      މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ،   2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ [email protected] މެއިލަށެވެ. އެޕްލިކޭޝަން ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.  

ތިރީގައި މި ވަނީ އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާންތަކުގެ ލިންކް ކަމުގައި ދެންނެވީމެވެ.

https://www.gazette.gov.mv/iulaan/179210 

https://www.gazette.gov.mv/iulaan/179209 

https://www.gazette.gov.mv/iulaan/179207 

https://www.gazette.gov.mv/iulaan/179201 

24 ޖުމާދަލްއާޚިރާ 1443

27 ޖަނަވަރީ 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/45

ޕަބްލިޝް ކުރި ތާރީޚް: 27-01-2022

ސުންގަޑި: 2022-01-30 14:00:00