އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

14 ފެބުރުއަރީ 2022     2 years ago


އިޢުލާން

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

          ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 770 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ތަފްޞީލު ލިސްޓް މި އިޢުލާނާއެކުގައި ޢާއްމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއިމިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

          ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުއޮފީހަށް، 23 ފެބްރުވަރީ 2022 ވާ އަންގާރާ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއާއި އަވަށު އޮފީސްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިފޯމް މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެއްވޭނެއެވެ.

          ފްލެޓްލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

13 ރަޖަބު 1443

14 ފެބްރުވަރީ 2022

A ކެޓެގަރީގެ ލިސްޓް: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EZu4xi48ofdMrz1ft_3g2dsBGyNe-ouUtokQQRzLSP6e6w?e=5QOagQ

B ކެޓެގަރީގެ ލިސްޓް: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EbBP3INE5OdNn_CoYwIeyZgBK2-y1tOx2dymGE-03m_PQg?e=pHrXJK

C ކެޓެގަރީގެ ލިސްޓް: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EZdb-GivZ7JPsg6gjEBpe7cB5wetFdSU7uINBeHL6ikI8Q?e=3jdfNe

ޝަކުވާ ހުށަހަޅާ ފޯމު: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/EUC5lblb6odOp_fjj1TzjDMBgwFlSfiQTyQ6jZrfdL-UmA?e=hhNukC



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/78

ޕަބްލިޝް ކުރި ތާރީޚް: 14-02-2022

ސުންގަޑި: 2022-02-23 14:00:00