އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހެޅޭ ޝަކުވާ ފޯމްތަކާއި ގުޅޭ

16 ފެބުރުއަރީ 2022     2 years ago


އިޢުލާން

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހެޅޭ ޝަކުވާ ފޯމްތަކާއި ގުޅޭ

        ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ A,B,C ގައި ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހަޅާ ޝަކުވާ ފޯމްތައް އޮފީހަށް ބަލައިގަތުމަށްފަހު ފޯމް ބަލައިގަތްކަމުގެ ލިޔުމެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ ޝަކުވާހުށަހަޅުއްވާ ފަރާތްތަކުން މިލިޔުން ހޯއްދެވުމަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މިހާތަނަށް ފޯމް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން މިލިޔުން ދޫނުކުރެވިވާ ފަރާތްތަކުން 23 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވި އޮފީހަކަށް ދުރުވެ ލިޔުމާއި ހަވާލުވުމަށްވެސް ދެންނެވީމެވެ.  

14 ރަޖަބު 1443

15 ފެބްރުވަރީ 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/80

ޕަބްލިޝް ކުރި ތާރީޚް: 16-02-2022

ސުންގަޑި: 2022-02-23 14:00:00