އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ނިޔަމިކޯސް 2" ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް

18 ސެޕްޓެމްބަރ 2017     6 years ago


އިޢުލާން

 

އައްޑޫސިޓީގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ނިޔަމި  ކޯސް 2" ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް ނުވަތަ އަވަށު އޮފީސްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމް އަވަށު އޮފީސްތަކުންނާއި އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.adducity.gov.mv  އިންވެސް މި ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުމަށް ރޭވިފައިވާ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫގައި އޮކްޓޫބަރު މަހުގެ ތިންވަނަ ހަފްތާގައެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ނިޔަމި ކޯސް ފުރިހަމަ ކުރިކަމުގެ ސަނަދު ދެވޭނެއެވެ.

26 ޛުލްޙިއްޖާ   1438

17 ސެޕްޓެމްބަރު 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2017/138

ޕަބްލިޝް ކުރި ތާރީޚް: 18-09-2017

ސުންގަޑި: 2017-09-28 14:00:00