އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް

5 އޮކްޓޯބަރ 2017     6 years ago


އިޢުލާން

 

އައްޑޫސިޓީގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވެގެން މި އިދާރާއިންކުރި ނަންބަރު IUL)426-AA/426/2017/112) (19 ޖުލައި 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދޭނެ ފާރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރ 12 ވާ ބުރާސްފަތި ދުވަހުގެ  11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

15 މުޙައްރަމް 1439 

05 އޮކްޓޯބަރ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/143

ޕަބްލިޝް ކުރި ތާރީޚް: 05-10-2017

ސުންގަޑި: 2017-10-12 11:00:00