އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވްގެ އެޑްވައިސަރީ ކޮމިޓީ ޤާއިމުކުރުމާއި ގުޅޭ

6 މާރޗް 2022     2 years ago


އިޢުލާން

އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވްގެ އެޑްވައިސަރީ ކޮމިޓީ ޤާއިމުކުރުމާއި ގުޅޭ

       އައްޑޫސިޓީއަށް ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ލިބިފައިވާއިރު، ސިޓީ ފެންވަރުގައި ބަޔޮސްފިއަރ ރިޒާވްގެ ކަންކަން ކޯޑިނޭޓްކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަގުޞަދުގައި އެކި ދާއިރާތަކުން މެމްބަރުން އައްޔަންކޮށް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުމަށް އުޞޫލެއް ވަނީ ކަނޑައެޅިފައެވެ. އެގޮތުން މި ކޮމިޓީގެ މައިގަނޑު މަގުޞަދަކީ، އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވްގެ ކަންތައްތައް ހިންގުމުގައި ޔުނެސްކޯ މެން އެންޑް ބަޔޮސްފިއަރ ރިޒާވަށް ލަފާދެއްވުމާއި އަދި މެން އެންޑް ބަޔޮސްފިއަރ ނޭޝަނަލް ކޮމިޓީގެ ސްޓްރެޓެޖީއާއި އެކްޝަން ޕްލޭންސް ތަކުގެ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުމެވެ.

       ވީމާ، އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވްގެ އެޑްވައިސަރީ ކޮމިޓީއަށް ތިރީގައި މި ދަންނަވާ ދާއިރާތަކުން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 06 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަންގެ މެއިލަށް [email protected] ލިޔުން ހުށަހެޅުއްވުން އެދެމެވެ. އަދި ކޮންމެ ދާއިރާ އަކުން ހޮވާނީ އެއް ފަރާތެއް ކަމުގައި ވެސް ދެންނެވީމެވެ.

  1. ތާރީޚާއި ސަޤާފަތުގެ ދާއިރާ
  2. ދަނޑުވެރިކަމުގެ ދާއިރާ
  3. މަސްވެރިކަމުގެ ދާއިރާ
  4. ގެސްޓްހައުސް އަދި ޑައިވް ސެންޓަރ
  5. ލައިވްއަބޯޑް އެސޯސިއޭޝަން
  6. ފަތުރުވެރިކަމުގެ ދާއިރާ (ރިސޯޓްސް)
  7. ޖަމްޢިއްޔާތައް   

29 ރަޖަބު 1443

02 މާރިޗް 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/100

ޕަބްލިޝް ކުރި ތާރީޚް: 06-03-2022

ސުންގަޑި: 2022-03-06 14:00:00