އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ޖިމް އިންސްޓްރަކްޓަރ (ވަގުތީ - ގަން ކޮމިއުނިޓީ ސެންޓަރ)

6 މާރޗް 2022     2 years ago


ވަޒީފާގެ ފުރުސަތު

އައްޑޫސިޓީ ކައުންސިލް އިދާރާގެ ފޭދޫ އަވަށު އޮފީހުގެ ނަންބަރު (IUL)426-4A/426/2022/27 އިއުލާނަށް ޝަރުތުހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

މަޤާމް

ޖިމް އިންސްޓްރަކްޓަރ

މާޤަމް ނަންބަރު:

YC-007

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2022 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގަން ކޮމިއުނިޓީ ސެންޓަރ، ގަން / އައްޑޫ

މުސާރަ:

5610/-  ރުފިޔާ

ސަރވިސް އެލަވަންސް:

2000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށް ކަސްރަތު ޕުރޮގްރާމްތައް ރާވައި ހިންގުން.

2. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕުރޮގްރާމްތަކުގެ ރެކޯޑް ބެލެހެއްޓުމާއި ( އަންހެން / ފިރިހެން އަދި އުމުރު އެނގޭނެހެން) އަދި އެ މަޢުލޫމާތު ކައުންސިލާ ޙިއްސާކުރުން.

3. ޒުވާނުންގެ މަރުކަޒުން ހިންގާ ކަސްރަތު ޕުރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

4. ޒުވާނުންގެ މަރުކަޒުން ކުރިއަށްގެންދާ ކަސްރަތު ޙަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

5. ވަޒީފާއާ ގުޅޭގޮތުން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

6. ޖިމްގެ މެމްބަރުންގެ ހާޟިރީ ބެލެހެއްޓުން.

7. ޖިމް ބޭނުންކުރުމަށް ދެ ޖިންސަށް ވަކި ގަޑިތަކެއް ހަމަޖައްސައި އެތާވަލާއި އެއްގޮތަށް ޖިމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

8. ޖިމާއި އަދި ޖިމުގައި ބޭނުންކުރެވޭ އެންމެހާ އިކުއިޕްމެންޓް ސާފުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

9.ޖިމް ބޭނުންކުރާ ފަރާތްތަކުން ޖިމުގައި އުޅޭއިރު އާންމު ސާފުތާހިރުކަމަށާއި، ތަނުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން.

10. ޖިމުގައި ބޭނުންކުރާ އެއްވެސް އިކުއިޕްމަންޓަކަށް ގެއްލުމެއްވެއްޖެނަމަ ވަގުތުން އެކަން ގަން ކޮމިއުނިޓީ ސެންޓަރުގެ އޮފީހަށް އެންގުމާއެކު އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

11. ޖިމުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކުގެ މައުލޫމާތު ޖިމް ބޭނުންކުރާ ފަރާތްތަކަށް ދިނުމާއި އެތަކެތި ބޭނުންކުރާ އެންމެ ރަނގަޅުގޮތުގެ އިރުޝާދު ދިނުން. 

12. ޖިމް ބޭނުންކުރާ ފަރާތްތަކުން ކަސްރަތުކުރަމުންދާއިރު މޮނިޓަރކޮށް، ރައްކާތެރިގޮތެއްގައި އަނިޔާނުވެ ކަސްރަތުތައް ކުރުމަށް އިރުޝާދުދީ، އެހީތެރިކަން ފޯރުކޮށްދިނުން.

13. ޖިމް ބޭނުންކުރާ ދެ ޖިންސްގެ މީހުންނަށާއި އުމުރުފުރާ އަދި ފިޓްނެސް ލެވެލްއަށް ބަލައި ތަފާތު ކަސްރަތު ޕްރޮގްރާމްތައް ރޭވުން.

14. ޖިމް ބޭނުންކުރާ މީހުންގެ ސިއްޙަތު ޗާޓެއް އެކުލަވާލައި މަހުން މަހަށް މޮނިޓަރކޮށް ބަލަހައްޓައި އެޗާޓާއި އެއްގޮތަށް ޕްރޮގްރާމްތައް ރޭވުން.

15. ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ އެންމެހާ މަޢުލޫމާތު (ކެއުން ބަހައްޓަންވީގޮތް، ބަރުދަން ބަހައްޓަންޖެހޭ މިންގަނޑު އަދި އާންމު ދިރިއުޅުން ބަހައްޓަންވީގޮތް) ޖިމް ބޭނުންކުރާ ފަރަތްތަކަށް ފޯރުކޮށްދިނިނުން.

16. ޖިމް ބޭނުންކުރުމުގައި އިމަޖެންސީއެއް ދިމާވާ ޙާލަތެއްގައި އަވަސް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓް،ޕާސްޕޯޓް ނުވަތަ ޑްރައިވިންގް ލައިސަންސް

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމް

މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ޤާބިލްކަން

ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2220 މާރިޗު 20 އާއި 2220 މާރިޗު 24 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018  ނަންބަރު ފޯނާއެވެ.

29 ރަޖަބު 1443

02 މާރިޗު 2022

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-4A/426/2022/104

ޕަބްލިޝް ކުރި ތާރީޚް: 06-03-2022