އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުއޮފީސް މަރާމާތުކުރުމުގެ މަސައްކަތް

7 އޮކްޓޯބަރ 2017     6 years ago


އިޢުލާން

 

އައްޑޫ ސިޓީގެ ހުޅުދޫ އަވަށުއޮފީހުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލުމާތު ދިނުން އޮންނާނީ، 2017 އޮކްޓޯބަރ 11 ވާ ބުދަ ދުވަހުގެ 11:00 ގައި  ހުޅުދޫ އަވަށު އޮފީހުގައާއި، މިއިދާރާގެ  ކޮންފަރެންސް ހޯލުގައެވެ. ހުޅުދޫ އަވަށު އޮފީހުން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. މިއިދާރާއިން މައުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2017 އޮކްޓޯބަރ 17 ވާ އަންގާރަ ދުވަހުގެ 11:00 އެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

15 މުޙައްރަމް 1439 

05 އޮކްޓޯބަރ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/142

ޕަބްލިޝް ކުރި ތާރީޚް: 07-10-2017

ސުންގަޑި: 2017-10-11 11:00:00