އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން

14 މާރޗް 2022     2 years ago


އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން  އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތައް ތިރީގައިވާ ޝެޑިއުލް އާއި އެއްގޮތަށް ބޭއްވުމަށް ވަނީ ހަމަޖެހިފައި(.)

ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ރޭވިފައިވާ ގޮތް:

ބައްދަލުވުން

ތާރީޚް

ތަން

ގަޑި

މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

21 މާރިޗު 2022

އިރުޝާދިއްޔާ ސްކޫލް

20:30

ހުޅުދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

22 މާރިޗު 2022

ސ.އަތޮޅު މަދުރަސާ

20:30

މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

23 މާރިޗު 2022

ސ.އަތޮޅު މަދުރަސާ

20:30

ފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

26 މާރިޗު 2022

ފޭދޫ ސްކޫލް

20:30

ހިތަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން

27 މާރިޗު 2022

އައްޑޫ ހައި ސްކޫލް

20:30

 

މިބައްދަލުވުމުގައި 2021 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2022 ވަނަ އަހަރު ހިންގުމަށް ރޭވިފައިވާ ކަންކަން ހިއްސާކުރެވޭނެއެވެ.

ވީމާ، މިބައްދަލުވުމުގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ.

10 ޝައުބާން 1443

13  މާރިޗު  2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/115

ޕަބްލިޝް ކުރި ތާރީޚް: 14-03-2022

ސުންގަޑި: 2022-03-14 15:26:00