އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ބާކީހުރި 28 ފްލެޓް ލިބުނު ފަރާތްތަކަގެ ދާއިމީ ލިސްޓް ޢާންމުކުރުން

21 އެޕްރީލް 2022     1 year ago


އިޢުލާން

ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ޢާންމުކުރުން

  ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 768 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކުގައި ޢާންމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

ފްލެޓް ދޫކުރުމަށްޓަކައި އަމަލުކުރަމުންދާނީ ޢާންމުކުރެވިފައިވާ އުސޫލާއި އެއްގޮތަށް ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

ކެޓަގަރީ A ލިސްޓް: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/ES7z0JmlwjpMj4hfPvdiq8wBjhDfUK4hE5Qa53hlXkxXaA?e=iUwoSc

ކެޓަގަރީ B ލިސްޓް: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/ESmGBRSJU1JLiyQyHDlPCO0BYIrjTjvZ8fOcGMUZO8LDgA?e=GytSNv

ކެޓަގަރީ C ލިސްޓް: https://localgovmv-my.sharepoint.com/:b:/g/personal/simaan_haadi_adducity_gov_mv/ES28qFmQaDBNn0jBCggArKEB1JTGQbNpahTqcS2cUseqkQ?e=gT4D2b

20 ރަމަޟާން  1443

21 އެޕްރީލް 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/177

ޕަބްލިޝް ކުރި ތާރީޚް: 21-04-2022

ސުންގަޑި: 2022-04-21 13:30:00