އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގައި 1443 ވަނަ އަހަރުގެ ފިޠުރު ޢީދުނަމާދުގެ ބޮޑު ޖަމާޢަތް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާގޮތާއި ގުޅޭ

28 އެޕްރީލް 2022     1 year ago


އިޢުލާން

                         އައްޑޫސިޓީގެ އަވަށްތަކުގެ ތެރެއިން 1443ވަނަ އަހަރުގެ ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާ ހިތަދޫއާއި ފޭދޫ އަވަށުގައި ފިޠުރު ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި މައިދާންތައް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އައްޑޫސިޓީގެ ގަން،މަރަދޫ،މަރަދޫފޭދޫ،މީދޫ އަދި ހުޅުދޫގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ފިޠުރުޢީދުނަމާދު ކުރުން އޮންނާނެއެވެ.

ހިތަދޫ:

1-މަސްޖިދުއްޝޫރާ.

2-މަސްޖިދުލް އިކްރާމް.

3-މަސްޖިދުއް ޒިކުރާ.

4-މަސްޖިދުލް އިޚްވާން.

5-ހުކުރުމިސްކިތް.

6-އައިމަލި މިސްކިތް.

7-މަސްޖިދުއް ތަޤްވާ.

8-މަސްޖިދު އިބްރާހީމް.

9-ސިޓީ ސްކްއެއަރ(ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް)

ފޭދޫ

1-މަސްޖިދުލް އަމާން.

2- އަސަރީހިނގުމުގެ ދެކުނުފަރާތު ހިއްކިބިމުގައި(ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް)

 

                              މޫސުމަށް އަންނަ ބަދަލަކާއިގުޅިގެން މައިދާންތަކުގައި ފިޠުރުޢީދުނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވޭނެގޮތް ނުވެއްޖެނަމަ ހިތަދޫ އަދި ފޭދޫގެ ހުކުރުކުރާ ހުރިހާ މިސްކިތްތަކުގައި ފިޠުރުޢީދުނަމާދު ކުރުން އޮންނާނެކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ރަމަޟާން 1443

27 އެޕްރީލް  2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/188

ޕަބްލިޝް ކުރި ތާރީޚް: 28-04-2022

ސުންގަޑި: 2022-04-28 10:41:00