އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ 01 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

28 އެޕްރީލް 2022     1 year ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހުގެ ސެކިއުރިޓީ 01 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
  2.  މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2022 މެއި 09 ވާ ހޯމަ  ދުވަހުގެ 13:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.
  3.  ބީލަމުގައި ބައިވެރިވުމަށް 300.00/- ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ. 
  4. މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، 2022 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2022 މެއި 9 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2022 މެއި 09 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2022 މެއި 12 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ކައުންސިލްގެ އިދާރާގައެވެ.
  6. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  7. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

          އީމެއިލް: [email protected]

26 ރަމަޝާން 1443

27 އެޕްރީލް 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2022/191

ޕަބްލިޝް ކުރި ތާރީޚް: 28-04-2022

ސުންގަޑި: 2022-05-09 13:00:00