އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީގައި މިހާތަނަށް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރަމުން ގެންދާ ކަނޑު އުޅަނދުފަހަރުތަކާއި ގުޅޭ

28 އެޕްރީލް 2022     1 year ago


އިޢުލާން

                     ދިވެހިރާއްޖެ ކަނޑުދަތުރު ކުރުމާއިބެހޭ ޤާނޫނު ނަންބަރު؛ 69/78 ގެދަށުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެއްތަނުން އަނެއްތަނަށް އަދި އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރު ކުރެވޭނީ އެއުޅަނަދެއް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ކަމުގައި ދެންނެވީމެވެ.

                     ވީމާ، މިސިޓީގައި މިހާތަނަށް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރަމުން ގެންދާ އުޅަނދުފަހަރުތައް 15 މޭ 2022 ގެ ކުރިން ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް އަންގާ އިޢުލާން ކުރީމެވެ. އަދި މިމުއްދަތުގެ ފަހުން ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުފަހަރުތައް މިއިދާރާއިން ޗެކުކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމުގައި އަންގާ އިޢުލާން ކުރީމެވެ.

20   ރަމަޟާން   1443 ހ.

21   އެޕްރީލް   2022 މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2022/174

ޕަބްލިޝް ކުރި ތާރީޚް: 28-04-2022

ސުންގަޑި: 2022-05-15 14:00:00