އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ސްޓޯރ ކީޕަރ (ވަގުތީ - ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން)

9 މޭއި 2022     1 year ago


ވަޒީފާގެ ފުރުސަތު

މަޤާމް

ސްޓޯރ ކީޕަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ނަންބަރު:

MS150

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2022)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ / ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން

މުސާރަ:

4465.00 ރުފިޔާ

އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މިނިމަމް ވޭޖްގެ ގޮތުގައި އެރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުންލިބޭ ނަމަ އެ ޢަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޯޑަރތައް ނަގައި ބެލެހެއްޓުމާއި  ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ޖީ.އާރް.އެފް ހެދުމާއި ހޯދޭ ތަކެތީގެ އަގު ބެލުމާއި ގެނައުމުގެ މަސައްކަތް ކުރުން
  2. ޚިދުމަތްތަކަށް ހޯދޭ މުދަލާއި ތަކެތި ހަމަތޯ ބަލާ ޗެކްކުރުމާއި ސްޓޮކްގެ ރެކޯޑްތަކަށް އެތަކެތީގެ މަޢުލޫމާތު އެންޓަރ ކުރުން
  3. ސްޓޮކް މެނޭޖްކޮށް ބެލެހެއްޓުމާއި ތަކެތި ބޭނުންވާ މަސައްކަތްތަކަށް ދޫކުރުމާއި އެކަމާއި ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ސްޓޮކްގެ ބާކީ ބެލެހެއްޓުން
  4. ހޯދޭ ތަކެތީގެ ޑެލިވަރީ ހަމަޖެއްސުމާއި އިންވޮއިސްތަކާއި ހޯދޭ ތަކެތި ދިމާވޭތޯ ޗެކްކުރުމާއި ރެޖިސްޓަރ ފޮތް ބެލެހެއްޓުން
  5. ވެހިކަލްތަކުގެ ސްޕެއަރ ހޯދުމަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮލޯއަޕް ހެދުމާއި ރެކޯޑުތައް ބެލެހެއްޓުން
  6. ހަރުމުދަލުގެ އިންވެންޓަރީ ބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްކުރުން
  7. ކޮންމެ މަހަކު އިންވެންޓްރީ ސްޓޮކްގެ ރިޕޯޓް ތައްޔާރުކުރުން
  8. ވެހިކަލްތައް ރިޕެއަރ ކުރުމާއި ގުޅޭގޮތުން ހޯދަންޖެހޭ ތަކެތި ހޯދާ ދިނުމާއި ގުޅޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  9. އިކުއިޕްމަންޓް އާއި ޓޫލްސް އަދި ވެހިކަލްތަކަށް ދިމާވާ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން
  10. އިކުއިޕްމަންޓް މަރާމާތުކުރުމާއި މެއިންޓެއިންކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި ޑޮކިއުމަންޓް ބެލެހެއްޓުން
  11. ވެހިކަލްތަކަށް ދިމާވާ އިންސިޑެންޓް ރިޕޯޓްތަކާއި ސެކްޝަނުގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ އިންސިޑެންޓް ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  12. ތަކެތި ލިބުނުކަމުގެ ރަސީދުތައް ބެލެހެއްޓުމާއި އިންވޮއިސްތަކާއި އެހެނިހެން ލިޔެކިޔުންތައް ބަލަހައްޓައި ފައިސާ ދޫކުރާ ހިސާބުން ހޯދި ތަކެއްޗާއި ގުޅޭގޮތުން ދިމާވާ މައްސަލަތައް ޖަވާބު ދެވޭނެގޮތަށް ލިޔެކިޔުން ބެލެހެއްޓުން
  13. ހަވާލުކުރެވޭ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ސުޕަވައިޒަރުގެ ލަފާގެ މަތިން މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

ދިވަހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވަހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމު 15%
  2. ތަޖުރިބާ %10
  3. އިންޓަވިއު %50
  4. ޕްރެކްޓިކަލް - %25

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 35% (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މޭ 16 ވާ ހޯމަ ދުވަހުގެ 13:00 ގެ  ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 2022 މޭ 17 އާއި 2022 މޭ 31 އާ ދެމެދުގައެވެ. އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

08 ޝައްވާލް 1443

09 މޭ 2022



ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-CB/426/2022/193

ޕަބްލިޝް ކުރި ތާރީޚް: 09-05-2022