އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މަގުމަތީގެ ރައްކާތެރިކަން ޤާއިމުކުރުމަށް ބައެއް ފިޔަވަޅުތައް އަޅަންފެށުން

15 މޭއި 2022     1 year ago


އިޢުލާން

މަގުމަތީގެ ރައްކާތެރިކަން ޤާއިމުކުރުމަށް ބައެއް ފިޔަވަޅުތައް އަޅަންފެށުން

                އައްޑޫސިޓީގެ ލިންކް ރޯޑުގައި ހެލްމެޓް އަޅަން ކަނޑައެޅިފައިވާ ސަރަޙައްދުގައި ހެލްމެޓް ނާޅައި ދުއްވުމާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ހެލްމެޓް ބޭނުން ކުރަމުންދިއުންވަނީ އިތުރުވެފައެވެ. ލިންކް ރޯޑުގައި ހިނގާފައިވާ ގިނަ އެކްސިޑެންޓް ތަކުން ފުރާނައަށް ގެއްލުންވަނީ މީހުންގެ ބޮލަށް ލިބޭ ގެއްލުމުގެ ސަބަބުންކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތުން މިހާރު ކަނޑައަޅުއަވާފައިވާ އޮޕަރޭޝަނަލް ޕްރިއޮރިޓީސްގެ ދަށުން "ޒީރޯ ޑެތް" އަށް އަމާޒުކޮށްގެން އެވެއަރނެސް އަދި ޕްރިވެންޝަން ހަރަކާތް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

                އަދި މި ހަރަކާތް ފެށުމުގެ ގޮތުން 2022 ސެޕްޓެމްބަރު 01 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީގައި ހެލްމެޓް އެޅުމަށް ކަނޑައެޅިފައިވާ ނުވަތަ 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ  ސަރަޙައްދުތަކުގައި A1 އަދި A0 ގިންތީގެ އުޅަނދެއް ދުއްވާއިރު އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ބޭނުންކުރަންވާނީ ޤަވާޢިދުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ހެލްމެޓްތަކެއްކަން ކަށަވަރުކޮށް އެކަން ތަންފީޛުކުރުމަށް ދިވެހި ފުލުހުން ޙަރަކާތްތެރިވަމުންދާނެއެވެ. ވީމާ މަތީގައި ދެންނެވި ގިންތީގެ ވެހިކަލް އެސަރަހައްދުތަކުގައި ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިވާހަކަ ދެންނެވީމެވެ.

11  ޝައްވާލް  1443

12  މެއި  2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/213

ޕަބްލިޝް ކުރި ތާރީޚް: 15-05-2022

ސުންގަޑި: 2022-08-31 12:00:00