އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުމުގެ ދައުވަތު - މިއިދާރާގައި ހަރުކުރެވިފައިވާ އޭސީތައް 01 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

15 މޭއި 2022     1 year ago


ބީލަން ހުށަހެޅުމުގެ ދައުވަތު

  1. މިއިދާރާގައި ހަރުކުރެވިފައިވާ އޭސީތައް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 މޭ16 ވާ ހޯމަ ދުވަހުން ފެށިގެން 2022 މޭ19 ވާ ބުރާސްފަތިދުވަހުގެ 13:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ.މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2022 މޭ 16 ވާ ހޯމަދުވަހުން ފެށިގެން 2022 މޭ 22 ވާ އާދީއްތަދުވަހުގެ 10:00އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2022 މޭ 22ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  4. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ. 
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2022 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: [email protected] 

14 ޝައްވާލް 1443

15 މޭ 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2022/215

ޕަބްލިޝް ކުރި ތާރީޚް: 15-05-2022

ސުންގަޑި: 2022-05-19 13:00:00