އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހަރުކުރެވިފައިވާ އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

31 އޮކްޓޯބަރ 2017     6 years ago


އިޢުލާން

 

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ހަރުކުރެވިފައިވާ އޭސީތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މި މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.            

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ޞަފަރު 1439ހ.

30 އޮކްޓޫބަރު 2017މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/155

ޕަބްލިޝް ކުރި ތާރީޚް: 31-10-2017

ސުންގަޑި: 2017-11-05 11:00:00