އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އާންމު މައިދާންތަކާއި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ސަރަޙައްދުތައް ކަނޑައެޅުމާއި ގުޅޭ

16 ޖޫން 2022     1 year ago


އިޢުލާން

އާންމު މައިދާންތަކާއި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ސަރަޙައްދުތައް ކަނޑައެޅުމާއި ގުޅޭ

              ޤާނޫން ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 މާއްދާގެ (ބ) ގެ ދަށުން ބާރުލިބިގެން، ނަންބަރު 02/2021 އާންމު މައިދާންތަކާއި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުގެ  5 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ހިތަދޫ އަވަށުގައި ކާނާ ވިއްކާ އުޅަނދުތައް ތިރީގައި ކަނޑައެޅިފައިވާ ސަރަޙައްދުތައް ފިޔަވައި އެހެން ސަރަޙައްދު ތަކުގައި ބެހެއްޓޭނެކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

ހިތަދޫ އަވަށުގައި ކާނާ ވިއްކާ އުޅަނދުތައް ބެހެއްޓުން މަނާ ސަރަޙައްދުތައް:

  1. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ވަށައިގެންވާ ސަރަޙައްދު.
  2. ހިތަދޫ އަވަށުގެ މިސްކިތްތަކުގެ ކުރިމަތި.
  3. ހިތަދޫ އަވަށުގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ މުއައްސަސާ އަދި ސްކޫލްތަކުގެ ކުރިމަތި.
  4. ހިތަދޫ އަވަށުގެ ގާޑިޔާ ވިޔަފާރި ކުރަމަށް ކަނޑައެޅި އަދި މިހާރުވެސް ހުއްދަ ދެވިފައިވާ ސަރަޙައްދުތައް.
  5. ހިތަދޫ އަވަށުގެ ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ކުރިމަތިން.
  6. ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނު މަގުގެ 60 ބޯޑު ޖަހާފައިވާ ބާރަށް ދުއްވާ ސަރަހައްދު.
  7. ހިތަދޫ އަވަށުގެ މަގުތަކާއި ދުވާރުމަތީގައި.

             މަތީގައި ކާނާ ވިއްކާ އުޅަނދުތައް ބެހެއްޓުން މަނާ ސަރަޙައްދުތައް ކަނޑައެޅިފައިވީ ނަމަވެސް ޚާއްސަ ހާލަތްތަކުގައި ކައުންސިލްގެ ވަގުތީ ހުއްދަ އާއިއެކު ކާނާ ވިއްކާ އުޅަނދުތައް ބަހައްޓައިގެން ވިޔަފާރި ކުރެވޭނެ ވާހަކަ ދަންނަވަމެވެ.  

‏16‏ ޛުލްޤަޢިދާ‏ 1443

‏16‏ ޖޫން‏ 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2022/293

ޕަބްލިޝް ކުރި ތާރީޚް: 16-06-2022

ސުންގަޑި: 2022-06-16 15:40:00