އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"10 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2017" ގައި އައްޑޫސިޓީ ތަމްސީލް ކުރާނެ ޓީމެއް ހޯދުމަށް

6 ނޮވެމްބަރ 2017     6 years ago


އިޢުލާން

 

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން 25 ނޮވެމްބަރ 2017 އިން 04 ޑިސެމްބަރ 2017 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "10 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2017" ގައި އައްޑޫސިޓީ ތަމްސީލް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާ ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

މި މުބާރާތުގައި އައްޑޫސިޓީ ތަމްސީލް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ އަވަށު އޮފީސްތަކަށް ނުވަތަ މި އިދާރާގެ[email protected]  އަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ފުރުސަތުގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް އަވަށު އޮފީސްތަކުންނާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން، ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓްwww.adducity.gov.mv  އިން ވެސް މި ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

17 ޞަފަރު 1439

06 ނޮވެމްބަރ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2017/157

ޕަބްލިޝް ކުރި ތާރީޚް: 06-11-2017

ސުންގަޑި: 2017-11-09 14:00:00