އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ހިތަދޫ ބަނދަރަށް އަންނަ އުޅަނދު ފަހަރުތަކުން ބަނދަރަށް ވަނުމުގެ ކުރިން އަމަލު ކުރެއްވުމަށް

22 ޖޫން 2022     1 year ago


އިޢުލާން

ހިތަދޫ ބަނދަރަށް އަންނަ އުޅަނދު ފަހަރުތަކުން ބަނދަރަށް ވަނުމުގެ ކުރިން އަންގަވައި ދެއްވުމަށާއި، ބަނދަރު އިންސްޕެކްޓަރުން  ދެއްވާ އިރުޝާދަށް އަމަލު ކުރެއްވުމަށް

            މިއޮފީހުގެ ނަންބަރު: (IUL)426-2C/426/2022/294 އިޢުލާނުން ދެންނެވިފައިވާ، ބަނދަރުތަކުން ފީނެގުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން، 2022 ޖޫން 22 ވަނަ ދުވަހުން ފެށިގެން ހިތަދޫ ބަނދަރު ބޭނުންކުރާ ފަރާތްތަކުން ފީނަގަން ހަމަޖެހިފައިވާތީ، އެތާރީޚުން ފެށިގެން ބަނދަރަށް އަންނަ އުޅަނދު ފަހަރުން، ބަނދަރަށް ވަނުމުގެ 03 (ތިނެއް) ގަޑިއިރު ކުރިން 7789042 ނަންބަރ މޮބައިލް ފޯނަށް ގުޅުއްވާ ނުވަތަ ވައިބަރ ކުރައްވައިގެން، ބޯޓް ބަނދަރު ކުރައްވާކަން އަދި ބަނދަރު ކުރެވޭނެ ކަމަށް ލަފާކުރެވޭ ގަޑިއެއް އަންގަވައި ދެއްވާ، ހެދިފައިވާ ޤަވާއިދާއި، އުސޫލާއި ގުޅޭގޮތުން ބަނދަރު އިންސްޕެކްޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ދެއްވުމަށްއެދި، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްޤައިދާ 1443

21 ޖޫން 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2022/306

ޕަބްލިޝް ކުރި ތާރީޚް: 22-06-2022

ސުންގަޑި: 2022-06-22 13:08:00