އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ބައިބަލާ މުބާރާތާއި ގުޅޭ

22 ޖޫން 2022     1 year ago


އިޢުލާން

ބައިބަލާ މުބާރާތާއި ގުޅޭ:

           އައްޑޫސިޓީ ކައުންސިލުން އަޟްހާ ޢީދާއި ގުޅިގެން މުޅސިޓީއަށް ހުޅުވާލައިގެން ބޭއްވޭ "އައްޑޫ ޢީދި ސަމާ 1443" ގެ ތެރެއިން ބައިބަލާ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ  ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކަށް ހުޅުވާލައިގެން، ހިތަދޫ އިޖުތިމާޢީ މަރުކަޒުގެ ގޯތި ތެރޭގައެވެ.

          ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ކުރިން މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ."އައްޑޫ ޢީދި ސަމާ 1443" އިތުރަށް ކުލަގަދަކުރުމަށްޓަކައި އައްޑޫގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

21 ޖޫން 2022



ބާވަތް: އިއުލާން

ނަންބަރ: HCC/IU/2022/0010

ޕަބްލިޝް ކުރި ތާރީޚް: 22-06-2022

ސުންގަޑި: 2022-06-30 18:00:00