އިޢުލާން
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން
އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުން ހުސްވެފައިވާ 05 ފިހާރަ ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފިހާރަތައް ތިރީގައި މިދަންނަވަނީ އެވެ.
2 ނަމްބަރު ފިހާރަ، 03 ނަމްބަރު ފިހާރަ، 05 ނަމްބަރު ފިހާރަ، 06 ނަމްބަރު ފިހާރަ އަދި 10 ނަމްބަރު ފިހާރަ
އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށް ދިނުމަށް ނިންމާފައިވާ މި ފިހާރަތައް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމްސެޓް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން 2022 ޖޫން 22 ވަނަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުންވެސް މި ފޯމްސެޓް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިންފޮމޭޝަން ސެޝަން |
28 ޖޫން 2022 އަންގާރަ |
ޕްރޮޕޯސަލް ހުށަހެޅުން |
25 ޖުލައި 2022 ހޯމަ، 10:00 |
އިންފޮމޭޝަން ސެޝަން އޮންނަ ތަނާއި ގަޑި ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ. ފޯމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.
21 ޛުލްޤައިދާ 1443
21 ޖޫން 2022
އެޕްލިކޭޝަން ފޯމް: city bazaar (form ).pdf
އުސޫލު: City bazar Usoolu.pdf
އިންފޮމޭޝަން ޝީޓު: City Bazaar Information sheet.pdf
ލޭއައުޓް: City Baazaar Layout.pdf