އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަން ކިޔުން

2 އޯގަސްޓް 2022     1 year ago


އިޢުލާން

ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަން ކިޔުން

            ކައުންސިލް އިދާރާގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ  13 އޯގަސްޓް 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.

          ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 01 އޯގަސްޓް 2022 އިން 09 އޯގަސްޓް 2022 އަށް މިދުވަސްތަކުގެ ހެނދުނު 8:00 އިން 13:00 އާއި ދެމެދު ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު  މިއިޢުލާނާ އެކު އެއްކަރުދާސް  ކުރެވިފައިވާނެ އެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ނީލަމުގެ އުސޫލުން  ކޮންމެ އައިޓަމެއް ވަކިންނެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި   ފައިސާ ނުދައްކާ ހުންނަ ތަކެތި  ދެވަނަ  ފަހަރަށް ނީލަމަށް ލެވޭނެއެވެ.

          ވީމާ ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރި ވެލައްވާ މިނީލަމުގައި ބައިވެރިވެ ލެއްވުން އެދި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މުޙައްރަމް 1444

1 އޯގަސްޓް 2022

ލިސްޓް: ނީލަންކިޔާ ތަކެތީގެ ލިސްޓް 01-08-2022.pdf



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/347

ޕަބްލިޝް ކުރި ތާރީޚް: 02-08-2022

ސުންގަޑި: 2022-08-08 13:00:00