އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫސިޓީ ފޭދޫ އަވަށުގައި ޕާރކިންގ ޒޯން ހެދުމަށް ކައުންސިލަށް ބިން ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

7 އޯގަސްޓް 2022     1 year ago


އިޢުލާން

           މި އަވަށުގެ މަގުތަކުގައި ޕާރކު ކުރެވޭނެ ޖާގައެއް ނެތުމުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް ޕާރކިންގ ޒޯން ހެދުމަށްބޭނުންވެއެވެ. މި ޕާރކިންގ ޒޯންތައް ހެދުމަށް ބޭނުންވަނީ ކައުންސިލަށް ބިން ނުވަތަ ބިމުން ބައެއް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއިމަޝްވަރާކޮށް،  ފޭދޫ އަވަށު އޮފީހާއި އެފަރާތްތަކާއި ދެމެދު އެއްބަސް ވެވޭ ގޮތެއްގެ މަތިން ފޭދޫގެ ހިއްކާފައިވާ ބިމުން އެކަށީގެންވާ ބިމެއް އެފަރާތަކަށް ދޫކުރުމަށްފަހުގައެވެ.
           ވީމާ، ކައުންސިލަށް ބިން ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2022ވާ ބުދަދުވަހުގެ 14:00ގެ ކުރިން 7789044 ނަންބަރަށް  މެސެޖުކޮށް އޮފީހުގައި ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު6892018 ފޯނަށް ގުޅުއްވުން އެދެމެވެ.

05 މުޙައްރަމް 1444

03 އޮގަސްޓް 2022 

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4A/426/2022/362

ޕަބްލިޝް ކުރި ތާރީޚް: 07-08-2022

ސުންގަޑި: 2022-08-31 14:00:00