އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތް

7 އޯގަސްޓް 2022     1 month ago


އިޢުލާން

އައްޑޫ  ފުޓްބޯޅަ  ޗެމްޕިއަންޝިޕް 2022 މުބާރާތް  

 

 

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫޙު އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާޙައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫފުޓްބޯލަ ޗެމްޕިއަންޝިޕް 2022 ގެ ނަމުގައި ފުޓް ބޯޅަ މުބާރާތް 15 އޮކްޓޯބަރ 2022 ގައި އައްޑޫފުޓްބޯޅަ ސްޓޭޑިއަމްގައި  ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް 1 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުންފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެއެވެ.

ވީމާ، އައްޑޫފުޓްބޯޅަ ޗެމްޕިއަންޝިޕް  2022 މުބާރާތުގައި ބައިވެރިވުމަށްއެދޭ '' ސްޕޯޓްސް ކޮމިޝަން '' ގައި ރަޖިސްޓްރީ ވެފައިވާ ކްލަބް ޖަމްޢިއްޔާ ތަކުން ފޯމް ފުރިހަމަ ކުރައްވައި 15 ސެޕްޓެމްބަރ 2022  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުން އެދެމެވެ. އަދި  މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅުއްވާ ކްލަބް ޖަމްއިއްޔާ ތަކުގެ ޓީމް ލިސްޓް 03 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ކުރިން އައްޑޫސްޓޭޑިއަމް އަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގ ކޮމިޓީގެ މެމްބަރ އަޙްމަދު ވަޙީދު (7859566)   އަށް ގުޅުއްވުން އެދެމެވެ.

09  މުޙައްރަމް  1444

07  އޮގަސްޓް  2022 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/365

ޕަބްލިޝް ކުރި ތާރީޚް: 07-08-2022

ސުންގަޑި: 2022-09-15 14:00:00