އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އ.ތ.މ ކޮމެޓީގެ ފަރާތުން ރޭވިފައިވާ "މަސައްކަތްތެރިންނަށް އަމާޒްކޮށްގެން ހިންގާ ބޭސިކް ކޮމްޕިއުޓަރ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

10 އޯގަސްޓް 2022     1 year ago


އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން 2022 ވަނަ އަހަރު ހިންގަންރޭވިފައިވާ ކޯސް ތަކުގެ ތެރެއިން  "މަސައްކަތްތެރިންނަށް އަމާޒްކޮށްގެން ހިންގާ ބޭސިކް ކޮމްޕިއުޓަރ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

         އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގައި މަސައްކަތް ތެރިންނަށް އަމާޒުކޮށްގެން،  ކޮމްޕިއުޓަރ ކޯހެއް ހިންގަން ބޭނުންވެއެވެ. މި ކޯސް ކުރިއަށްދާނީ އައްޑޫ ސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށްގެން 2 ސަރަޙައްދެއްގައެވެ.

. މިކޯސްރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  • ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މައުލޫމާތު
  • ކޯސް ނިމޭއިރު ދަރިވަރުންނަށް ޙާސިލްވާނެ މިންވަރު
  • ކޯސް ކުރިޔަށް ގެންދާނެ ގޮތް
  • ކޯހުގެ މުއްދަތު
  • ކޯސް ހިންގައިދޭނެ އަގު

މާރކްސް ދެވޭނެގޮތް :

- އަގު %30

- ތަޖުރިބާ %30

- މުއްދަތު %20

- ހުށަހެޅުން %20

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 12:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް   [email protected]   އަށްވެސް ފޮނުވިދާނެއެވެ.

09 މުޙައްރަމް 1444

07 އޮގަސްޓް 2022



ބާވަތް: އިއުލާން

ނަންބަރ: WDC(4)/IUL/2022/05

ޕަބްލިޝް ކުރި ތާރީޚް: 10-08-2022

ސުންގަޑި: 2022-08-18 12:00:00