އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ޕަބްލިކްވޯރކްސް ހިތަދޫ ސައިޓް ކުރިމަތިން އޮތް ގިނަ ދުވަސްތަކެއް ވެފައިވާ ދޯނީގެ ވެރިފަރާތް ހޯދުމަށް

16 އޯގަސްޓް 2022     1 year ago


އިޢުލާން

ޕަބްލިކްވޯރކްސް ހިތަދޫ ސައިޓް  ކުރިމަތިން އޮންނަ ބިމަށް އެހެލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ދޯނީގެ ވެރިފަރާތް ހޯދުމަށް

         ޕަބްލިކްވޯރކްސް ހިތަދޫ ސައިޓް ކުރިމަތިން ލިލީމަގުގެ އިރުމަތީ ފަރާތު ބިމަށް އެހެލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ (ރަޖިސްޓަރީ ނަންބަރު އެގެންނެތް) ލަކުޑި ދޯނި ބާއްވާފައިވާ ސަރަޙައްދަކީ ރަށުގެ މަލަމައްޗަށް ވުމާއި، އަދި އެކި ކަންކަމުގައި ބަނދަރުމައްޗަށް ދާ އާންމު ފަރާތްތަކުން ބޭނުންކުރަން މިވަގުތަށް ހަމަޖެހިފައިވާ ތަނަކަށް ވުމާއި، އަދި ދޯނި އެބިމުގައި ބާއްވާފައިވަނީ އެއްވެސް ބޭނުމެއްނެތް ގޮތުގައި ކަމަށްވުމާއި، ދޯނި އެތަނުގައި ބާއްވާފައި އޮތުމުގެ ސަބަބުން އާންމު ފަރާތްތަކަށް އެކަމުގެ އުނދަގޫވާކަމުގެ ޝަކުވާ ތަކުރާރުކޮށް މިއޮފީހަށް ލިބެމުންދާތީ، މިދޯނީގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން މިއޮފީހަށް އަންގަވައި ދެއްވުން އެދެމެވެ. އަދި ދޯނި މިތަނުން ނަންގަވައި ތަން ސާފުކުރުމަށް އަންގަމެވެ.

         މި މުއްދަތުގެ ތެރޭ ދޯނީގެ ވެރިފަރާތެއް ވާކަން މިއޮފީހަށް ނާންގަވައިފިނަމަ ވެރިފަރާތެއް ނެތް އުޅަނދެއް ކަމަށްބަލައި، ޢާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު: 2019/R-984) ވާގޮތުގެމަތިން ދޯނި ނެގުމުގެ މަސައްކަތް މިއޮފީހުން ކުރިޔަށް ގެންދާނެ ކަމަށާއި، އަދި ދޯނި ނެގުމުގެ ތެރޭގައި ލިބޭ ގެއްލުމަކަށް މިއޮފީހުން ޒިންމާވެވެން ނޯންނާނެވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 މުޙައްރަމް 1444

16 އޯގަސްޓް 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2C/426/2022/391

ޕަބްލިޝް ކުރި ތާރީޚް: 16-08-2022

ސުންގަޑި: 2022-09-16 14:00:00