އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ އަވަށްތަކުގެ ނެރުބައްތި އާއި ހާހަލުގައި ބައްތިޖެހުމުގެ މަސައްކަތް

23 ނޮވެމްބަރ 2017     6 years ago


އިޢުލާން

 

އައްޑޫސިޓީގެ އަވަށްތަކުގައި ނެރުބައްތި އައި ހާހަލުގައި ބައްތިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު: 113(IUL)426-AA/426/2017/ އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން މި ފުރުސަތު ހުޅުވާލަމަވެ.

މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 7 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ހެންދުނު 11:00އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ އެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 

04 ރަބީޢުލްއައްވަލް 1439

22 ނޮވެންބަރު 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/163

ޕަބްލިޝް ކުރި ތާރީޚް: 23-11-2017

ސުންގަޑި: 2017-11-29 10:00:00