އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކައުންސިލް އިދާރާގައި ހުރި ބާތަކެތި ނީލަން ކިޔުން

17 އޯގަސްޓް 2022     1 year ago


އިޢުލާން

ކައުންސިލް އިދާރާގައި ހުރި ބާތަކެތި ނީލަން ކިޔުން

             ކައުންސިލް އިދާރާގައި ހުރި ބާތަކެތި ނީލަމުގައި ވިއްކާލުމަށް  ކުރެވުނު ނަންބަރ: (IUL)426-CA/426/2022/347 ގެ އިޢުލާނާއި ގުޅިގެން ނުވިކި ހުރި ބައެއް ތަކެތި ހުރުމާއެކު  ދެވަނަ ފަހަރަށް އެތަކެތި ނީލަމުގައި ވިއްކާލުމަށް  ވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ  27 އޯގަސްޓް 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ.

             ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 16 އޯގަސްޓް 2022 އިން 22 އޯގަސްޓް 2022 އަށް މިދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އާއި ދެމެދު ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު  މިއިޢުލާނާ އެކު އެއްކަރުދާސް  ކުރެވިފައިވާނެ އެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ނީލަމުގެ އުސޫލުން  ކޮންމެ އައިޓަމެއް ވަކިންނެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި   ފައިސާ ނުދައްކާ ހުންނަ ތަކެތި  ތިންވަނަ   ފަހަރަށް ނީލަމަށް ލެވޭނެއެވެ.

             ވީމާ ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެ ލެއްވުން އެދި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ނީލަންކިޔާ ތަކެތީގެ ލިސްޓް 17-08-2022.pdf

16 މުޙައްރަމް 1444

14 އޯގަސްޓް 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/380

ޕަބްލިޝް ކުރި ތާރީޚް: 17-08-2022

ސުންގަޑި: 2022-08-27 10:00:00