އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ރައްޔިތުންގެ ބައްދަލުވުން

19 އޯގަސްޓް 2022     1 year ago


އިޢުލާން

ރައްޔިތުންގެ ބައްދަލުވުން

 

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ވާގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 25 އޮގަސްޓް 2022  ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ.ް

މި ބައްދަލުވުމަކީ ކުރިޔަށްއޮތް އަހަރަށް ކައުންސިލްގެ ބަޖެޓްގައި ހިމަނަންޖެހޭ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވޭ ބައްދަލުވުމެއް (.) މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލެވޭނެ(.) ވާޗުއަލްކޮށް ބައިވެރިވެވަޑައިގަތުމަށް ބޭނުންވާނެ ލިންކް ކައުންސިލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތަކުގައި ޝާއިއުކުރެވޭނެ(.) ވީމާ، މިބައްދަލުވުމުގައި ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

20  މުހައްރަމް  1444

18  އޮގަސްޓް  2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/392

ޕަބްލިޝް ކުރި ތާރީޚް: 19-08-2022

ސުންގަޑި: 2022-08-25 20:30:00