އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ކަދުރު ދޫކުރުން

22 އޯގަސްޓް 2022     1 year ago


އިޢުލާން

ކަދުރު ދޫކުރުން

         1443 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން، ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާ ޙަވާލުކުރެއްވި ކަދުރުގެ ތެރެއިން، މީދޫގެ ރައްޔިތުންނަށް ބެހުމަށްޓަކައި 470 ޕެކެޓް ކަދުރު ދޫކުރުމަށް މިއޮފީހުން އާންމުކުރި  ނަންބަރު (IUL)426-1B/426/2022/304 އިޢުލާނާ ގުޅިގެން، މިހާތަނަށް ކަދުރާ ޙަވާލުވެފައިވަނީ، 131 ގޭބިސީ އަކުންނެވެ.

         ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، ކަދުރު ބެހުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ނިންމަވާފައިވާ، ތިރީގައި މިދަންނަވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުޞޫލުން ކަދުރު ބެހުމުން މީދޫގައި މިހާރު މީހުން ދިރިއުޅެމުންދާ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ލިބޭނެއެވެ.

  1. 1443 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައި ދަފްތަރުކުރެވިފައިވާ ފަޤީރުންގެ ލިސްޓްގައި ހިމެނޭ ކޮންމެ ގޭބިސީ އަކަށް 1 ޕެކެޓް ކަދުރު ދޫކުރުން
  2. ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަލާ އަންނަ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޫކުރުން.

         ވީމާ، ކަދުރު ޕެކެޓާ ޙަވާލުނުވާ ގޭބިސީތަކަށް ކަދުރު ދޫކުރުމުގެ އިންތިޒާމް 2022 އޯގަސްޓް 22 އިން 27 އަށް، ހުކުރު ދުވަސްފިޔަވައި  ކޮންމެ ދުވަހަކު ހެނދުނު  09:00 އިން މެންދުރު 12:00 އަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. މިމުއްދަތުގައި ޙަވާލުނުވާ ކަދުރު ޕެކްޓްތައް، ބޭނުންވާ ފަރާތްތަކަށް އަންނަ ތަރުތީބުން ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.

23 މުޙައްރަމް 1444 ހ

21 އޮގަސްޓް 2022 މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426/426/2022/401

ޕަބްލިޝް ކުރި ތާރީޚް: 22-08-2022

ސުންގަޑި: 2022-08-27 12:00:00