އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - މީދޫ ބަނދަރުގެ ފައްތިޔާ ރަޖިސްޓަރީ ކުރުން

27 އޯގަސްޓް 2022     1 year ago


އިޢުލާން

ފައްތިޔާ ރަޖިސްޓަރީ ކުރުން

         ޤަވާޢިދު ނަންބަރު 2019/R-992ގެ ދަށުން ހެދިފައިވާ "އައްޑޫ ސިޓީގެ ބަނދަރުންތަކުން ފީ ނެގުމާބެހޭ އުޞޫލް" ގެ 3 އަދި 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއަވަށުގެ ބަނދަރުގައި އަޅާފައިވާ އަދި ފައްތިޔަލުގައި އެޅުމަށް ބޭނުންވާ ކަނޑު އުޅަނދުތަކުން، ކަނޑު ތޮއްޓާއި އެއްގަމުތޮށީގައި އެޅުމަށް ފައްތިޔާލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.

         ވީމާ، މީދޫ ބަނދަރުގެ ފައްތިޔަލުގައި ކަނޑު އުޅަނދު އެޅުމަށް ބޭނުންވާ ފަރާތްތަކުން،  2022 ސެޕްޓެމްބަރ 1 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އުޅަނދު މިއޮފީހުގައި ރަޖިސްޓަރީ ކުރުމަށް އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމު މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

26 މުޙައްރަމް 1444 ހ

24 އޮގަސްޓް 2022 މ



ބާވަތް: އިއުލާން

ނަންބަރ: (IUL)426/426/2022/407

ޕަބްލިޝް ކުރި ތާރީޚް: 27-08-2022

ސުންގަޑި: 2022-09-01 14:00:00