އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ބަޑިޖަހާ ދުވަހުގެ މަޢުލޫމާތު މަސްވެރިންނާއި ހިއްސާކުރުމާއި ގުޅޭ

30 އޯގަސްޓް 2022     1 year ago


އިޢުލާން

ބަޑިޖަހާ ދުވަހުގެ މަޢުލޫމާތު މަސްވެރިންނާއި ހިއްސާކުރުމާއި ގުޅޭ

                އައްޑޫސިޓީގެ ގަމުގެ ދެކުނުގައިވާ އެމް.އެން.ޑީއެފްގެ ފަޔަރިން ރޭންޖުގައި 29 އޮގަސްޓް 2022 އިން 31 އޮކްޓޫބަރ 2022 ގެ ނިޔަލަށް އެކި ދުވަސްތަކަށް ބަހާލައިގެން ފަޔަރިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުގައި ފަޔަރިން ކުރަމުންދާ ވަގުތުގައި އެ ރޭންޖުގެ ދެކުނުގައި އެ ސަރަހައްދުން ދަތުރު ކުރަމުންދާ ކަނޑުގެ އުޅަދު ފަހަރަށް ފެންނަގޮތަށް ރަތް ދިދަ ނެގިފައި ވާނެ ކަމުގައި އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާ ކޮމާންޑް އިން އަންގަވާފައި ވެއެވެ.

                ވީމާ، ހަމަ ޖެހެހިފައިވާ އުސޫލުން އެ ރޭންޖުގައި ފަޔަރ ކުރަމުންދާ ދުވަސްތަކުގައި، އެ ރޭންޖުގައި ނެގިފައިވާ ރަތް ދިދައަށް މަސްވެރިން ސަމާލުވުމަށާއި މި ސަރަޙައްދުގައި މަސްބާނަން މަޑުކޮށްގެން ނުތިބުމަށް ސަމާލުވުމަށްޓަކައި މިވާހަކަ ދެންނެވީމެވެ.

04 ޞަފަރު 1444

30 އޮގަސްޓް 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-CA/426/2022/416

ޕަބްލިޝް ކުރި ތާރީޚް: 30-08-2022

ސުންގަޑި: 2022-10-31 13:00:00