އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުސަތު - ވަޒީފާގެ ފުރުސަތު (ވަގުތީ - މަރަދޫ އަވަށު އޮފީސް)

7 ސެޕްޓެމްބަރ 2022     1 year ago


ވަޒީފާގެ ފުރުސަތު

މަޤާމް:

މުނިސިޕަލް އިންސްޕެކްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެމްބަރ 2022 ގެ ނިޔަލަށް)

މަޤާމުގެ ނަންބަރު:

MS176

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަރަދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

4465/- ރުފިޔާ

ސަރވިސް އެލަވަންސް:

1500/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
  • އިތުރު ގަޑި: އަސާސީ މުސާރައިގެ %70

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  2. ތިމާވެށި ޙިމާޔަތް ކުރުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  3. ވަގުތީގޮތުން މަގު ބަންދުކުރުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  4. ޢާއްމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
  5. ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއިބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
  6. މަގުފާރާއި އިންފާރު ތަޅަލުމާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
  7. މަގުމަތި ކުނިކެހުމާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
  8. އޮޑިހަރުގެއާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
  9. ގޭގެއިން މަގުހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ ޓިނުފަދަ ތަކެތި ނެރެފައިބެހެއްޓުމާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
  10.  ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ، ފަޅުތެރޭގައި އުޅަނދުފަހަރު އެއްސުމާއި ، ފަޅުތެރޭގައި އުލަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  11.  ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  12.  މަގުކޮނުމާއިމަގުގައި ވަޅުލުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  13.  ޢާންމު އުނދަގުލާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  14. ރަށު ޢާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  15.  ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  16.  ކުނި އުކާލުމާއި ކުނި ނައްތާލުމުގެ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  17.  މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއިބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.
  18.  އައްޑޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިއްސާއި އިންޖީނު ނުލާ އެއްޗެހި ދުއްވުމާއި ބޭނުންކުރުމާބެހޭ ޤަވާޢިދާއި، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  19.  މަގުމަތި ކުނިކެހުމުގެ  ޤަވާޢިދު ތަންފިޒުކުރޭތޯ ބެލުން.
  20.  ގޯތި ގެދޮރާއި ޢިމާރާތް ކުރުމާއި ބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  21.  ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  22.  އައްޑޫގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔާފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  23.  އައްޑޫގައި ޖަނަވާރު އަދި ދޫނި ސުފާސޫފި ގެންގުޅުމުގެ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  24.   އައްޑޫސިޓީ ކައުންސިލްގެ އެހެނިހެން  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
  25.  އައްޑުސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދު ތަކުގެ  ތެރެއިން ކައުންސިލުން ކުރަންޖެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން. މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  • ގްރޭޑް 10 ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އިދާރާގެ ވެބްސައިޓުންނާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  

ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމް
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ސެޕްޓެންބަރު 13 ވާ އަންގާރަ ދުވަހުގެ 14:00  ގެ ކުރިން، މަރަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2022 ސެޕްޓެންބަރު 14 އާއި 2022 ސެޕްޓެމްބަރ 22 އާ ދެމެދު، މަރަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890096  ނަންބަރު ފޯނާއެވެ.

11  ޞަފަރު  1444

07 ސެޕްޓެންބަރު 2022

 


ބާވަތް: ވަޒީފާގެ ފުރުސަތު

ނަންބަރ: (IUL)426-3A/426/2022/387

ޕަބްލިޝް ކުރި ތާރީޚް: 07-09-2022