އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެނިއުމެރޭޓަރުން ބޭނުންވެއްޖެ

27 ނޮވެމްބަރ 2017     6 years ago


އިޢުލާން

 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން، އައްޑޫ ސިޓީގެ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމުގެ ގޮތުން ހެދޭ ސަރވޭއަށް މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ އެނިއުމެރޭޓަރުން ހޯދަން ބޭނުންވެއެވެ.

އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް މަސައްކަތާގުޅޭ ތަމްރީނެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސެއް ދެވޭނެއެވެ.

ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރި އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން، 29 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެޗް.އާރް.ސީ.އެމް ސަދަން ރީޖަނަލް އޮފީހުގެ ނަންބަރު: 6880886 އަށް ނުވަތަ އައްޑޫ ސިޓީގެ އަވަށު އޮފީސްތަކަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ 02 ޑިސެންބަރު 2017 އިން 04 ޑިސެންބަރު 2017 އަށެވެ.

 

08 ރަބީޢުލްއައްވަލް 1439

26 ނޮވެންބަރު 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)168-SRO/1/2017/19

ޕަބްލިޝް ކުރި ތާރީޚް: 27-11-2017

ސުންގަޑި: 2017-11-29 12:00:00