އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ފޭދޫ އަވަށުގައި ޕާރކިންގ ޒޯން ހެދުމަށް ދެފަރާތުން އެއްބަސް ވެވޭ ގޮތެއްގެ މަތިން ކައުންސިލަށް ބިން ނުވަތަ ބިމުން ބައެއް ދިނުމާއި ގުޅޭ

8 ސެޕްޓެމްބަރ 2022     1 year ago


އިޢުލާން

                މި އަވަށުގެ މަގުތަކުގައި ޕާރކު ކުރެވޭނެ ޖާގައެއް ނެތުމުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް ޕާރކިންގ ޒޯން ހެދުމަށް ބޭނުންވެއެވެ. މި ޕާރކިންގ ޒޯންތައް ހެދުމަށް ބޭނުންވަނީ ކައުންސިލަށް ބިން ނުވަތަ ބިމުން ބައެއް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއި މަޝްވަރާކޮށް،  ފޭދޫ އަވަށު އޮފީހާއި އެފަރާތްތަކާއި ދެމެދު އެއްބަސް ވެވޭ ގޮތެއްގެ މަތިން ފޭދޫގެ ހިއްކާފައިވާ ބިމުން އެކަށީގެންވާ ބިމެއް އެފަރާތަކަށް ދޫކުރުމަށްފަހުގައެވެ.
               ވީމާ، ކައުންސިލަށް ބިން ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2022ވާ އާދީއްތަދުވަހުގެ 14:00ގެ ކުރިން 7789044 ނަންބަރަށް  މެސެޖުކޮށް އޮފީހުގައި ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު6892018 ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޞަފަރު 1444

08 ސެޕްޓެންބަރު 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4A/426/2022/437

ޕަބްލިޝް ކުރި ތާރީޚް: 08-09-2022

ސުންގަޑި: 2022-09-25 14:00:00