އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެތެރެއިން ފަޅު ގޯތިތައް ސާފުކުރުމާ ބެހޭ

15 ސެޕްޓެމްބަރ 2022     1 year ago


އިޢުލާން

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެތެރެއިން ފަޅު ގޯތިތައް ސާފުކުރުމާ ބެހޭ

              އައްޑޫސިޓީގެ ހިތަދޫ އަވަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ދިރިނުއުޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި ސިއްޙީ މައްސަލަތައް ދިމާވަމުން އަންނަކަންވަނީ ފާހަގަކުރެވިފައެވެ. މިކަން މިގޮތަށް ދިމާވަނީ ގޯތިތަކުގެ ވެރިފަރާތުން ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދިއުމުގެ ސަބަބުންނެވެ.

           ދައުލަތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗަކީ ގޯތި ޙަވާލުކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކާ ދޫކުރެވޭ ގޯއްޗެއްކަން ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ބިމާއިބެހޭ ޤާނޫނު ނަންބަރު 01/2002ގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުން އެގެންއޮވެއެވެ. ވުމާއިއެކު ސާފުތާހިރު ވެށްޓެއް ޤާއިމުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށްވުމަށްޓަކާ ހިތަދޫ އަވަށުގައި ހުރި ހުރިހާ ފަޅުގޯތިތައް ސާފުކޮށް ދެއްވުންއެދި ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

           18  ޞަފަރު   1444ހ.

           14 ސެޕްޓެމްބަރު 2022މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2B/426/2022/440

ޕަބްލިޝް ކުރި ތާރީޚް: 15-09-2022

ސުންގަޑި: 2022-09-15 14:00:00