އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ސިޓީގެ މަރަދޫފޭދޫ އަވަށުން 5 ބިން ކުއްޔަށް ދޫކުރުން

18 ސެޕްޓެމްބަރ 2022     1 year ago


އިޢުލާން

       

އައްޑޫ ސިޓީގެ މަރަދޫފޭދޫ އަވަށުން 5 ބިން ކުއްޔަށް ދޫކުރުން

އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުން ކުލީ ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން މިދަންނަވާ ކުލީ ބިންތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ބިންތައް މިއިޢުލާނުގައިވާ ލިންކުގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.

ނަންބަރު

ކުއްޔަށް ދޫކުރާ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓު)

1

އާއްމު ވިޔަފާރިއަށް

1500

2

އާއްމު ވިޔަފާރިއަށް

1500

3

އާއްމު ވިޔަފާރިއަށް

1500

4

އާއްމު ވިޔަފާރިއަށް

1500

5

އާއްމު ވިޔަފާރިއަށް

2500

 

މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2022 ސެޕްޓެމްބަރު 19އިން 2022 ސެޕްޓެމްބަރު 29ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 02 އޮކްޓޯބަރު 2022ވާ އާދީއްތަ ދުވަހު 10:00ގައި ކައުންސިލްގެ އިދާރާގައެވެ.

މިބިންތައް ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިޔުމެންޓުގައި ހިމެނިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22     ޞަފަރު    1444

18    ސެޕްޓެމްބަރު  2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AB/426/2022/443

ޕަބްލިޝް ކުރި ތާރީޚް: 18-09-2022

ސުންގަޑި: 2022-09-29 13:00:00