އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން

25 ސެޕްޓެމްބަރ 2022     1 year ago


އިޢުލާން

ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން.

  ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ތައްޔާރު ކުރެވިފައިވާ "ކަށުކަމާކެމީގެ ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން ހިތަދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.

  ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 06 އޮކްޓޫބަރު 2022ގެ 13.30ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އައްޑޫސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

  • މުސްލިމަކު ކަމުގައިވުން
  • ބާލިޣުވުން
  • ބުއްދި ސަލާމަތުން ހުރުން
  • ކަށުކަމާކެމީގެ ކަންތައް  ރަނގަޅަށް ދަންނަ މީހަކު ކަމުގައިވުން
  • އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން

29 ޞަފަރު 1444

25 ސެޕްޓެންބަރު 2022

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2022/460

ޕަބްލިޝް ކުރި ތާރީޚް: 25-09-2022

ސުންގަޑި: 2022-10-06 13:30:00