އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި ރަޖިސްޓަރީކޮށް ގޯތިތައް ސާފުކުރުމާ ބެހޭ

5 އޮކްޓޯބަރ 2022     1 year ago


އިޢުލާން

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތި ރަޖިސްޓަރީކޮށް ގޯތިތައް ސާފުކުރުމާ ބެހޭ

   އައްޑޫސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ދިރިނުއުޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި ސިއްޙީ މައްސަލަތައް ދިމާވަމުން އަންނަކަންވަނީ ފާހަގަކުރެވިފައެވެ. މިކަން މިގޮތަށް ދިމާވަނީ ގޯތިތަކުގެ ވެރިފަރާތުން ގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދާތީކަން ފާހަގަކުރެވެއެވެ.

   ދައުލަތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗަކީ ގޯތި ޙަވާލުކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކާ ދޫކުރެވޭ ގޯއްޗެއްކަން ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ބިމާއިބެހޭ ޤާނޫނު ނަންބަރު 2002/01 ގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުން އެގެންއޮވެއެވެ. ވުމާއިއެކު ގޯތިލިބި މިހާތަނަށް ގޯތި ރަޖިސްޓަރީ ނުކުރެވިވާ ފަރާތްތަކުން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ގޯތީގެ އިންވަކިކޮށް އަދި ރަޖިސްޓަރީކޮށް ނިންމެވުމަށް ދަންނަވަމެވެ.

   ގަވާއިދު ނަންބަރު: 2019/R-986 މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ޤަވާއިދު 3 ގެ (ހ) ގައި ބަޔާން ކުރެވިފައިވާ ފަދައިން "ދިރިއުޅުމުގެ ބޭނުމަށާއި އެނޫން ބޭނުންތަކަށް ދީފައިވާ ބިންބިމުގައި އެކަމަކަށް ކަނޑައަޅައިފައިވާ އުސޫލަކުން ހުންނަންވާނީ އިންފާރު ވަކިވާނެ ގޮތަށް ފުޅަށް އަޅައި ނުވަތަ ފާރު ރާނައިފައެވެ." ވުމާއިއެކު ގޯތިލިބި މިހާތަނަށް ގޯތީގެ މަގުފާރާއި އިންފާރު ނުރާނާ ފަރާތްތަކުން 31 މާރިޗް 2023 ގެ ނިޔަލަށް ވަށާ މަގުފާރާއި އިންފާރުރާނާއި ނިންމެވުމަށް ދަންނަވަމެވެ.

   ގަވާއިދު ނަންބަރު: 2019/R-987 މަގުމަތި ކުނިކެހުމާއިބެހޭ ޤަވާއިދު 4 ގެ (ހ) ގައި ބަޔާން ކުރެވިފައިވާ ފަދައިން "ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެ ގޯއްޗަކާވީ ފަޅީމަގުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ." ސާފުތާހިރު ވެށްޓެއް ޤާއިމުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށްވުމަށްޓަކާ ހުޅުދޫ އަވަށުގައި ބެލެހެއްޓުން ތެރި ކަމެއްނެތި ދޫކޮއްލެވިފައިވާ ހުރިހާ ގޯތިތައް ސާފުކޮށް ދެއްވުމަށް އެދި  އެގޯތިތަކުގެ ވެރިފަރާތްތަކަށާއި ދިރިއުޅޭ ފަރާތްތަކަށް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 އޮކްޓޯބަރ 2022މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2022/471

ޕަބްލިޝް ކުރި ތާރީޚް: 05-10-2022

ސުންގަޑި: 2022-12-31 14:00:00