އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާގެ ފުރުޞަތު (އިލެކްޓްރީޝަން) - އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ

10 ޑިސެމްބަރ 2017     6 years ago


ވަޒީފާގެ ފުރުސަތު

މަޤާމު:

އިލެކްޓްރީޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ގިންތި:

ކޮންޓްރެކްޓް

މަޤާމް އޮތް އޮފީސް:

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީގެ އޮފީހުގައި ނުވަތަ ކޯޕަރޭޓިވްއިން ކަނޑައަޅާތަނެއްގައި

މުސާރަ:

މަހަކު 6000/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1500/- ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ނޮން ޕްރެކްޓިސް އެލަވެންސް މުސާރައިގެ 1/4 (1500/-)
  2. ފޯން އެލަވެންސް 500/-
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޭޕީސީ އިން ހަރުކުރާ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުން.
  2. ސޯލާ ޕެނަލްތަކުގެ ވައިރިންގ މަސައްކަތް ކުރުން.
  3. އޭޕީސީ އިން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  4. މި ނޫނަސް އޭޕީސީގެ ހިންގާ ކޮމިޓީ އަދި ސަބްކޮމިޓީތަކުން ޙަވާލުކުރާ މިބާވަތުގެ ޓެކަނިކަލް އެންމެހާ މަސައްކަތެއް ކުރުން.

 

މަޤާމުގެ ޝަރުތުތައް

  1. އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް ނުވަތަ އިލެކްޓްރޯނިކް އިންޖިނިއަރިންގ ފުރިހަމަ ކޮށްފައިވުމާއެކު 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ
  2. އިލެކްޓްރިކަލް ނުވަތަ އިލެކްޓްރޯނިކް އިންޖިނިއަރިންގ ލެވެލް 3 ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގެ ތަޢުލީމާއި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.(

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ އެޓެސްޓް ކޮށްފައިވާ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

އިންޓަވިއު ބޭއްވޭނެ ތަނާއި ތާރިޚް:

އިންޓަވިއުއަށް ޙާޞިރު ވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި އެންގޭނެއެވެ.

ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތި ލައްވާ ބޭފުޅުން ސްކްރީން ކުރުމާއެކު، މަޤާމަށް އެދޭ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ އެފަރާތްތައް، އެޑްމިން އެންޑް އެޗް.އާރ ކޮމިޓީއިން ޝޯޓްލިސްޓް ކުރެވޭނެ.

މިގޮތަށް ޝޯޓްލިސްޓް ކުރުމުގައު ބެލެވޭނެ ކަންތައްތަކަކީ:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.adducity.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2017  ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލް އަށެވެ.  ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުއްވުން އެދެމެވެ.

 19 ރަބީޢުލްއައްވަލް 1439

   ޑިސެމްބަރ 201707

 


ބާވަތް: އިއުލާން

ނަންބަރ: (IUL)APC-JB/2017/05

ޕަބްލިޝް ކުރި ތާރީޚް: 10-12-2017

ސުންގަޑި: 2017-12-14 14:00:00