އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

2 ނޮވެމްބަރ 2022     1 year ago


އިޢުލާން


ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، B ކެޓަގަރީގެ 10 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 13 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކުގައި ޢާއްމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.

ޕޮއިންޓް ލިބިފައިވާގޮތާމެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުޅުދޫ އަވަށުއޮފީހަށް، 15 ނޮވެމްބަރ 2022 ވާ އަންގާރާ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާ އާއި އަވަށު އޮފީސްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިފޯމް މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެއްވޭނެއެވެ.

ފްލެޓްލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

05 ރަބީޢުލްއާޙިރު 1444

01 ނޮވެމްބަރ 2022

Flat



ބާވަތް: އިއުލާން

ނަންބަރ: (IUL)426-6B/426/2022/515

ޕަބްލިޝް ކުރި ތާރީޚް: 02-11-2022

ސުންގަޑި: 2022-11-15 14:00:00