އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫއަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

13 ޑިސެމްބަރ 2017     6 years ago


އިޢުލާން

 

އައްޑޫސިޓީގެ ހުޅުދޫއަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓުގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މި އިދާރާއިން ކުރި ނަމްބަރ (IUL)426-AA/426/2017/144 އިއުލާނަށް ކުރިމަތިލީ ފަރާތްތަކުން ލިބިފައިވާ ހުށަހެޅުންތަކުގައި ބައެއް މައްސަލަތައް ހުރިކަން ފާހަގަވުމުން އެ އިއުލާން ބާޠިލްކޮށް އަލުން މި ފުރުސަތު ހުޅުވާލަމެވެ. 

 މައުލޫމާތު ދިނުން އޮންނާނީ، 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި  ހުޅުދޫއަވަށު އޮފީހުގައާއި، މި އިދާރާގެ  ކޮންފަރެންސް ހޯލްގައެވެ. ހުޅުދޫއަވަށު އޮފީހުން މައުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ.  މި އިދާރާއިން މައުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ މި އިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2017 ޑިސެމްބަރ 24 ހޯމަ ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ.

މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެނޭނެވާހަކަ ދެންނެވީމެވެ.

24 ރަބީޢުލްއައްވަލް  1439

12  ޑިސެމްބަރ 2017



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2017/177

ޕަބްލިޝް ކުރި ތާރީޚް: 13-12-2017

ސުންގަޑި: 2017-12-18 10:00:00