އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ގޭގެ މަގުތަކުގައި އެކި ބާވަތުގެ ގަސްތައް އިންދާ ހައްދާފައިހުރުމާއި ގުޅޭ

13 ނޮވެމްބަރ 2022     1 year ago


އިޢުލާން

މިއަވަށުގެ ބައެއް ގޭގެ މަގުތަކުގައި އެކި ބާވަތްބާވަތުގެ ގަސްތައް އިންދާ ހައްދާފައިހުރުމުގެ ސަބަބުން ދުއްވާ ތަކެއްޗާއި މަގު ހިނގާ ފަރާތްތަކަށް އުދަގޫ ވާކަމުގެ ޝަކުވާ މިއޮފީހަށް ލިބެމުންދާތީ މަގުތަކުގައި ގަސް އިންދާ ހައްދާ ފަރާތްތަކުންނާއި ޕޮޓްފަދަ ތަކެތީގައި ގަސް އިންދައި މަގުމަތީގައި ބަހައްޓާ ފަރާތްތަކުން އެކަން އެހެން ނުކުރުމަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މިއޮފީހުގެ ނަންބަރު: (IUL)426-4B/426/2021/204 (23 ޖޫން 2021) ޢިއުލާނުން މީގެ ކުރިންވެސް ގޯތިން ބޭރުގައި މިހެން ހުރި ގަސްތައް ނަގައި ސާފުކުރުމަށް ވަނީ އަންގާފައެވެ.

މަގަށް ދަތިވާގޮތަށް ހުންނަ މިފަދަ ގަސްތައް މިއަދުން ފެށިގެން ނަގައި މަގު ސާފުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

15 ރަބީޢުލްއާޙިރް 1444

09 ނޮވެމްބަރ 2022 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-4B/426/2022/523

ޕަބްލިޝް ކުރި ތާރީޚް: 13-11-2022

ސުންގަޑި: 2022-11-13 12:00:00