އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ އ.ތ.މ ކޮމިޓީ އިން އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއްގައި ހިންގުމަށް ބޭނުންވާ ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

22 ނޮވެމްބަރ 2022     1 year ago


ބީލަން ހުށަހެޅުމުގެ ދަޢުވަތު
 

  1. އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއްގައި ހިންގުމަށް ބޭނުންވާ ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިބާވަތުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 28 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
  3. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުން އެދެމެވެ.
  4. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2022 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ނޮވެންބަރު 29 ވާ އަންގާރަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2022 ނޮވެންބަރު 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2022 ޑިސެންބަރު 05 ވާ ހޯމަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
    އީމެއިލް: [email protected] 

 

28 ރަބީއުލްޢާޙިރު 1444

22 ނޮވެންބަރު 2022

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2022/527

ޕަބްލިޝް ކުރި ތާރީޚް: 22-11-2022

ސުންގަޑި: 2022-11-28 14:00:00