އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - ޔޫތް ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

29 ނޮވެމްބަރ 2022     1 year ago


އިޢުލާން

 

" ޔޫތް ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން"     

 

ޓްރާންސް ޕޭރެންސީ މޯލްޑިވްސް އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން 2022 ޑިސެންބަރ 04 އިން 08 އަށް، ޔޫތް ކޭމްޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލް އިދާރާގެ ހޯލްގައި ހެނދުނު 8:00 އިން ހަވީރު 5:00 އަށް، ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި 16 އަހަރާއި 20 އަހަރާއި ދެމެދުގެ 08 ޒުވާނުންނަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 

ވީމާ، މި ކޭމްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރިހަމަނަން، އައިޑީކާޑު ނަންބަރ، ގުޅޭނެ ފޯން ނަންބަރ، 2022 ނޮވެންބަރ 30 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހިތަދޫ އަވަށުއޮފީހަށް hithadhoo@add​ucity.gov.mv

މެއިލްކޮށް ދެއްވުން އެދެމެވެ.

05 ޖުމާދަލްއޫލާ 1444

29 ނޮވެންބަރ 2022

 



ބާވަތް: އިއުލާން

ނަންބަރ: (IUL)426-2A/426/2022/538

ޕަބްލިޝް ކުރި ތާރީޚް: 29-11-2022

ސުންގަޑި: 2022-11-30 12:00:00