އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އައްޑޫ ލިންކްރޯޑް ބޭނުންކުރުމުގައި ރައްޔިތުންގެ ސަމާލުކަމަށް

26 ޑިސެމްބަރ 2022     2 years ago


އިޢުލާން

އައްޑޫ ލިންކްރޯޑް ބޭނުންކުރުމުގައި ރައްޔިތުންގެ ސަމާލުކަމަށް:

                       އައްޑޫސިޓީގެ މަގުތައް ރަގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބްރިޖްގެ މަސައްކަތަށް ބޭނުންވާ އައިގާޑަރތައް ފޭދޫ އިން ބްރިޖް ސައިޓަށް ގެނައުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، އައްޑޫ ލިންކުރޯޑަކީ ދުވާލުގެ ވަގުތުތަކުގައި ބާރުބޮޑުމަގެއްކަމުން ރައްޔިތުންނަށް މަގުބޭނުންކުރުމުގައި ވާއުނދަގޫ ވީހާވެސް ކުޑަވާނެ ގޮތަކަށް ލިންކު ރޯޑް ބޭނުންކުރުމުގެ ގޮތުން، ޕްރީ ކާސްޓް ކޮށްފައިވާ އައިގަރޑަރތައް ފޭދޫ އިން ބްރިޖް ސައިޓަށް ގެނައުމުގެ މަސައްކަތް ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 6:00 އާއި ދެމެދު ކުރިއަށް ދާނެކަން އައްޑޫސިޓީގެ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

                       ވީމާ، ގާތްގަޑަކަށް 40 އަކަށް ޓަންގެ ބަރުދަންހުރި މި ތަނބުތައް އުފުލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ރޭގަޑުގެ އެގަޑިތަކުގައި ލިންކްރޯޑްއިން ދަތުރުކުރާ އެންމެހާ ފަރާތްތަކުން މިއުޅަނދަށް ސަމާލުވެގެން ދަތުރުފަތުރުކުރުމަށް އިލްތިމާސް ކުރަމެވެ. އައިގާޑަރތައް އުފުލާ ވެހިކަލް ދަތުރުކުރާ ރޫޓް ހިމެނޭ ޗާޓެއް ހިއްސާކުރީމެވެ. 

ޗާޓު: 26-12-2022 I Girder Transportation Chart.jpg

 02 ޖުމާދަލްއާޚިރާ 1444

25 ޑިސެންބަރ 2022



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AA/426/2022/570

ޕަބްލިޝް ކުރި ތާރީޚް: 26-12-2022

ސުންގަޑި: 2022-12-26 08:08:00