އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޢުލާން - އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ ބަލައިގަތުމާއި ގުޅޭ

3 ޖެނުއަރީ 2023     1 year ago


އިޢުލާން

 

       މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ބަލައިގަންނަމުން ގެންދިޔަ، ތިރީގައި މިދަންނަވާ ފީ އާއި ޖޫރިމަނާގެ ފައިސާ، 01 ޖެނުއަރީ 2023 އިން ފެށިގެން ބަލައިގަންނަމުން ގެންދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ"، ޔޫއާރުއެލް pay.transport.gov.mv މެދުވެރި ކޮށްކަމުގައި ދެންނެވީމެވެ.

  • އެއްގަމުގެ އުޅަނދުގެ ފީ
  • ކަނޑުގައި ދުއްވާ އުޅަނދުގެ ފީ
  • ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ

އަދި ސިސްޓަމް މެދުވެރިކޮށް މިއިދާރާއިން ނަގުދު ފައިސާ ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްވަރާ ކުރަމުންދާ ކަމުގައި ވެސް ދެންނެވީމެވެ.

މިބަދަލާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އައްޑޫސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް ސެކްޝަނުން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ، މިއިދާރާގެ ނަންބަރު (6885003) އަށް ގުޅުއްވުމަށް އެދެމެވެ.
 

11 ޖުމާދަލްޢާޚިރަ 1444ހ.

03 ޖަނަވަރީ 2023މ.



ބާވަތް: އިއުލާން

ނަންބަރ: (IUL)426-AC/426/2023/1

ޕަބްލިޝް ކުރި ތާރީޚް: 03-01-2023

ސުންގަޑި: 2023-01-03 15:39:00